Tamanu Oil Bottle with Box
ހަމުގެ ފަރުވާ

ތަމަނު އޮއިލް 15މލ

ގުދުރަތީ ހަމުގެ ފަރުވާއެއް ގޮތަށް ދެކެވޭ, ތަމަނު އޮއިލް އަކި މީގެ އެތައް ގަރުނެއް ކުރީއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާއްމުކޮށް ޖެހޭ ހަމުގެ ބަލިތަކަށް ފަރުވާއަކަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. އެންޓި އިންފްލެމެޓަރީ, އެންޓި ބެކްޓީރިއަލް އަދި އެންޓި އޮކްސިޑެންޓް މާއްދާތަށް ފުނަގަހުގެ މަދުން ހަދާ މި ތެލުގައި ހިމެނެއެވެ.

އަގު 100ރ
ޑެލިވަރީއަށް 1-8 ދުވަސް
ޑެލިވަރީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހިލޭ ޑެލިވަރީ.
އަވަހަށް އޯޑަރުކުރޭ! eTukuri Shop Logo

ބޭނުން

ތަމަނު އޮއިލް ހަންގަނޑުގައި އުނގުޅުމުން ލިބޭ ބައެއް ފައިދާ:
- ހަންގަނޑަށް ފަސޭހަކަމާއި އޮމާންކަން ލިބުން
- އާ ޓިޝޫ އުފެއްދުމާއި ހަންގަނޑުގެ ސިއްޚަތު ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ
- ހަމުގެ އިންފްލެމެޓަރީ ބަލިތައް ކަމައްވާ ޑާމެޓައިޓިސް, ސޯރިއޯސިސް އަދި އެކްޒީމާއިން ރަނގަޅުވުމަށް އެހީވެދޭ
- އެކްނީ (އޮށާޅަ) އިން ސަލާމަތް ކޮތްދޭ
- ހަންގަނޑު އަވަހަށް ރަނގަޅުވުމަށް އެހީވެދޭ
- ބައެއްކަހަލަ ލަކުނުތައް ފިލުވަދޭ
- ހަނގަނޑު ހިކުމުން ސަލާމަތްކޮއްދޭ

ބޭނުންކުރާ ގޮތް

ހަންގަޑުގެ ބޭނުންވާ ހިސާބެއްގައި ތުނި ފަށަލައަކަށް ވާގޮތައް (އެއް ތިކި ނޫނީ ދެތިކިވަރު) ހާކާލާ. ނުދޮވެ މަދުވެގެން 1 ގަޑިއިރު ބަހައްޓާ. ގިނައިރު ވަންދެން ބެހެއްޓުމުން ކުރާ އަސަރު ބޮޑުވާނެ. ދުވާލަކު މަދުވެގެން އެއްފަހަރު ބޭނުން ކުރޭ. ލޮލާއި ލޮލުގެ ވަށައިގެން ވާހިސާބުގައި ލައިގެން ނުވާނެ!

ރައްކާތެރިކަމުގެ މައުލޫމާތު

ނަޓް އެލަޖީ. ނަޓް ބޭސްޑް ކެރިއަރ އޮއިލް އާއި ބަޓަރު ފަދަ އެއްޗެހި ފަދައިން މިތެޔޮބޭނުންކުރާއިރު ސަމާލުވެލައްވާ. ހަމައެކަނި ހަންގަޑުގެ ބޭރުގައި ލުމަށް. ލޮލާއި, ނޭފަތާއި, އަނގަޔާއި, އެހެނިހެން ނާޒުކު ހިސާބުތަކުގައި ލައިގެން ނުވާނެ!

އެކުލެވޭ މާއްދާތައް

ހުވަނދު ތަމަނު އޮއިލްގައި ހިމެނެނީ %100 ކޯލްޑް ޕރެސްޑް ތެލެވެ. އިތުރު އެހެން އެއްވެސް މާއްދާއެއް ނުހިމެނޭނެއެވެ. ފުވައްމުލަކު ފުނަގަހުގެ މަދުން ނަގާފައިވާ ތެލެވެ.

އޮންލައިންކޮށް ގަތުމާއި ޑެލިވަރީ

އަޅުގަނޑުމެންގެ ހުރިހާ އުފެއްދުމެއް އޮންލައިންކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި ސޮޕްއިން ލިބެން ހުންނާނެ. އީޓުކުރި ސޮޕްއިން އޯޑަރ ކޮއްލީމަ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް ހިލޭ ޑެލިވަރީ ކޮއްދޭނެ.

މުހިއްމު

އަޅުގަނޑުމެންގެ އުފެއްދުމުގައި ބޭނުންކުރަނީ ގުދުރަތީ މާއްދާތައް, އެއީ ގަސް ގަހުގެ ތާސީރާއި, ދިވެހި ބޭހަށް ބޭނުން ކުރާ ބައެއް އެއްޗެއްސެވެ. މި އުފެއްދުންތައް ބޭނުން ކުރުމުން ހަންގަނޑަށް އެއްވެސް ނޭދެވޭ އަސަރެއް, ހިރުވުން ކަހަލަ ކަމެއް ދިމާވެޖެނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ޚިޔާލު ހޯއްދަވާ! އަދި މި ތަކެތި ބޭނުންކުރުން ހުއްޓަވާލައްވާ! ހަށިގަނޑަށް ދިމާވާ ބަލިތަކުގައި އެންމެ ފުރަތަމަވެސް ޑަކްޓަރައް ދައްކައި އެބޭފުޅުންގެ އިރުޝާދު ހޯދުން މުހިއްމު.

ކަސްޓަމަރުންގެ ޚިޔާލު

ބައެއް ޒާތީ މައުލޫމާތު އުނިކުރެވިފައި. ދިވަހި ބަހައް ތަރުޖަމާކުރެވިފައި.

...އަޅުގަނޑުގެ މޫނުގައި ފިލައިގެން ނުގޮސްހުރި ވަރަށް ކުލަގަދަ އެކްނީ މާކްސް ތަކެއް ހުރި... މިތެޔޮ ބޭނުންކުރުމުން އެ މާކްސްތައް ފިލަންފެށި, އަދި މިހާރު މުޅިންހެން ފިލައިގެން ގޮސްފި...

— Mish

އަޅުގަޑު ތަމަނު އޮއިލް އަޅުގަނޑުގެ މޫނުގައި ހުރި ސަން ބާންޓް އޭރިއާ އެއްގައި ބޭނުން ކުރަން. ކޮންމެ ދުވަހަކުއެއްނޫން, ހަފްތާއަކު ތިން ދުވަހު. އެތަން ދުވަހެއް ދުވަހަކަށް ކުލަ މަޑުވަމުންދޭ.

— Aqi

އަޅުގަނޑުގެ މިހާރުގެ ޑެއިލީ ފޭސް މޮއިސްޗަރައިޒާ އަކީ ހުވަނދުގެ ތަމަނު އޮއިލް. އެހެން މޮއިސްޗަރައިޒަރ ތަކާއި ހިލާފައް ތަމަނު މުޅި ދުވަހަށް ފިލައިގެން ނުގޮސް ހުރޭ. އަޅުގަޑުގެ ދަރިފުޅުގެ ފައިގައި ހުރި ލަކުނެއްގައިވެސް މި ތެޔޮ ބޭނުންކުރިން. މިހާރު އެ ލަކުނު ފިލައިގެން ގޮސްފި. މި ތެޔޮ އަޅުގަނޑަށް ތައާރަފްކޮށްދިނީތީ ހަނިމާއަށް ޝުކުރުވެރިވަން. 🙏

— Umm

ތަމަނު އޮއިލްއަކީ ގައިމުވެސް ވަރަށް ރަގަޅު ތެލެއް, ހަފްތާއެއްގެ ތެރޭގައި ނަތީޖާ ފެންނަން ފަށައިފި. ތިބޭފުޅުންގެ އެހެން އުފެއްދުންތައްވެސް ޓްރައިކުރަން ބޭނުން. ވަރަށް ރަނގަޅު. ދިވެހިންގެ މޮޅު އުފެއްދުމެއް.

— Haifa

އުފެއްދުންތައް

ބައެއް ސުވާލާއި އޭގެ ޖަވާބު

މި އެއްޗެހި ގަންނަން ލިބޭނީ ކޮންތާކުން?

އަޅުގަނޑުމެންގެ ހުރިހާ އުފެއްދުމެއްވެސް އީޓުކުރި ޝޮޕްއިން ލިބޭނެ. މި ލިންކް އަށް ދިޔާމަ އީޓުކުރި ޝޮޕްގެ އަޅުގަޑުމެންގެ ސްޓޯއަށް ދެވޭނެ https://shop.etukuri.mv/stores/huvandhu

އީޓުކުރި ޝޮޕް ހުންނަނީ ކޮންތާކު?

އީޓުކުރި ޝޮޕްއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ހިންގާ އޮންލައިން ޝޮޕިންގ ޕްލެޓްފޯމްއެއް.

އޯޑަރ ކުރާނީ ކިހިނެއް

ފުރަތަމަ އީޓުކުރި ޝޮޕް ވެބްސައިޓް އަށް ގޮސް ރެޖިސްޓަރ ކޮއްލައްވާ shop.etukuri.mv. ދެން އަޅުގަނޑުމެންގެ ޕްރޮޑަކްޓްއަކަށް ގޮސް "ބައި ނައޮ" ބަޓަންއަށް ކްލިކްކޮއްފަ, އެޑްރެހާއި އެހެން މައުލޫމާތު ފުރިހަމަކޮއް ޕޭމަންޓް ނިންމާލާ.


ފުރަތަމަ ފަހަރު އޯޑަރ ކުރާއިރު ރެޖިސްޓާރ ކުރާނެގޮތާއި އޯޑަރ ކުރާގޮތުގެ މި ވީޑިއޯ ބައްލަވައިލައްވާ.


ލާރި ދައްކަނީ ކިހިނެއް?

އީޓުކުރި އިން އޯޑަރ ކުރާއިރު ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭއިން ލާރި ދެއްކޭނެ.

ޑެލިވަރީ ކޮއްދެންތަ?

ތިބޭފުޅުން އީޓުކުރި މެދުވެރިކޮށް އަޅުގަނޑުމެންގެ އުފެއްދުންތަކަށް ކުރައްވާ އޯޑަރ ތައް, ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ހިލޭ ޑެލިވަރީކޮއްދޭނެ.

ޑެލިވަރީ ކޮއްދެނީ ކިހާވަރަކަށް?

އަޅުގަނޑުމެންގެ ހުރިހާ އުފެއްދުމެއް ހިލޭ ޑެލިވަރީކޮއްދެން

ޑެލިވަރީކުރަން ކިހާ ދުވަހެއް ނަގާ?

އާންމުކޮށް 1 ދުވަހާއި 8 ދުވަހާ ދެމެދު (ސަރުކާރު ބަންދުނޫން ދުވަސްތައް) ނަގާ.